އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުނުކެނޑި، އިތުބާރުހުރި އަދި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ދަށުން ބަދަލުކުރުމެވެ. މި ބަދަލާއެކު، އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ އިތުރުން ހިނގަމުންދާ މަޝްރޫޢުތަކާއި ކަސްޓަމަރުންގެ ރެކޯޑުތަކާއި އެހެނިހެން ޒިންމާތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ޔަގީންކުރުމަށްފަހު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރެވޭނެއެވެ.
ޚިދުމަތްތައް ބަދަލުކުރުމުގެ މަރުޙަލާގައި، ދެ ސިޓީގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، ތަރުތީބުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެމްޑަބްލިޔުއެސްސީ އާއި ފެނަކަ ގުޅިގެން މަސައްކަތް ކުރަމުންދާނެއެވެ.






