Monday, October 5
އީއީޒެޑުން ބޭރުން ނަގާ މަސް ރާއްޖޭގައި ޕްރޮސެސްކުރުމާ މެދު މަޝްވަރާކުރަންޖެހޭ: މިނިސްޓަރ ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް "އަހާ ފޯރަމް" ގައި ވާހަކަދައްކަވަނީ/ ފޮޓޯ – ރައީސް އޮފީސް

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) އިން ބޭރުން ދާއަޅައިގެންނާއި އެހެނިހެން ގޮތްގޮތަށް ނަގާ މަސް ރާއްޖެއަށް ގެނެސް ޕްރޮސެސްކުރުމާ މެދު މަޝްވަރާކުރުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މަތީ ފަށަލައިން ކުރާ މަސްވެރިކަން ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އީއީޒެޑުން ބޭރުން ބޭރުގެ ބޯޓުފަހަރުން ގިނަ އަދަދަކަށް މަސް ނަގައިގެން އެހެން ޤައުމުތަކަށް ގެންގޮސް ބައިނަލްއަގުވާމީ ބާޒާރަށް ނެރެމުންދާ ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީ ފަދަ ސަރަހައްދެއްގައި މަސް ބަނދަރެއް ހަދައި، އެ ފަދަ މަސް ގަނެ ޕްރޮސެސްކުރެވޭނެ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކަނޑުގެ މަތީ ފަށަލައިގެ މަސްވެރިކަން ދަށްވާތީ ސަރުކާރުން ކުރިން ލޭނު މަސްވެރިކަމަށް ހުއްދަދޭން ނިންމި ނަމަވެސް، އާންމު މަސްވެރިންނަށް ލިބިދާނެ ގެއްލުމަކަށް ބައްލަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން އިހަށް މަޑުޖައްސާލައްވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު