Monday, October 5
ޓީޗަރުންނަށް ހައްގު ޝަރަފާއި ގަދަރު ދިނުމަށް މިނިސްޓަރ އިލްތިމާސްކުރައްވައިފި

ފޮޓޯ- އެޑިއުކޭޝަން މިނިސްޓްރީ

ޓީޗަރުންނަކީ ޤައުމީ ބޮޑު ވާޖިބެއް އުފުއްލަވާ އިއްޒަތްތެރި ބައެއް ކަމަށްވާތީ، އެ މީހުންނަށް ދޭންޖެހޭ ހައްގު ޝަރަފާއި ގަދަރު ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ދެއްވި ހިތާބުގައި، ކޮންމެ މީހެއްގެ އަޒުމަކަށްވެސް ވާންޖެހޭނީ ޓީޗަރުކަމުގެ ފަންނު ހިމާޔަތްކޮށް، އެ ފަންނުގެ ގަދަރު ހިފެހެއްޓުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓީޗަރުންނާ އެކު ސާބިތުވެ ތިބެ، ސްކޫލުތަކުގެ ތައުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާކުރުމުގެ އަޒުމު އައުކުރަން ޖެހިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ޓީޗަރުން ކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމުގެ މުހިންމުކަން ބަޔާންކުރައްވަމުން، ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ ސްކޫލު މާހައުލަކީ ރައްކާތެރި، އުފާވެރި މާހައުލަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދަރިވަރުންގެ އުނގެނުމުގެ ހައްގު ހިމާޔަތްކުރުމުގައި ޓީޗަރުންނަކީ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލިއްޔަތާއި ހުނަރާއި މަސައްކަތުގެ އަހުލާގު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ޒިންމާދާރު ބަޔަކަށް ހެދުމަކީ ކޮންމެ ޓީޗަރެއްގެވެސް އަޒުމަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު