މިއީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށްވާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާންތައް މިހާރު ވަނީ ހަރުކުރެވިފައެވެ.
އެހެންކަމުން، މި ބޯޑުތަކާއި ނިޝާންތަކަށް ނުބަލައި ގަވާއިދާ ހިލާފަށް އެ ސަރަހައްދުން ހިނގާ މީހުންނާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.






