Tuesday, October 6
ކޮންމެ އުދުވާނަކާ ދެކޮޅަށް ވެސް އައު ޓެކްނޮލޮޖީ ބޭނުންކުރާނެކަމުގެ އިންޒާރު އީރާނުން ދީފި

އީރާނާ ދެކޮޅަށް ދެވޭ ކޮންމެ އުދުވާނަކަށް ވެސް އަސްކަރީ އައު ޓެކްނޮލޮޖީތަކުން ރައްދުދޭނެ ކަމަށް ބުނެ އެ ޤައުމުގެ ހަތިޔާރުއެޅި ފައުޖުތަކުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަބުލްފަޟްލް ޝެކާރްޗީ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އޭނާ ވިދާޅުވީ، ޤައުމުގައި އަމިއްލައަށް އުފައްދާ ދިފާޢީ ޓެކްނޮލޮޖީއަށް ބަރޯސާވުން އިތުރުކުރުމުގެ ސަބަބުން އީރާނުގެ އަސްކަރިއްޔާގެ މިސައިލާއި ޑްރޯންތައް ކުރިއަށްވުރެ ބޮޑަށް ތަރައްޤީވެ، ވަރުގަދަވެފައިވާ ކަމަށެވެ. އަދި އީރާނުގެ އަސްކަރީ ޤާބިލުކަން މިހާރު އޮތީ ކުރިއާ އަޅާބަލާއިރު މާ ވަރުގަދަ ޙާލަތެއްގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އީރާނުގެ އަސްކަރީ އުޞޫލުތައް އަމާޒުކުރަނީ ދުޝްމަނުންގެ އަގުބޮޑު އަދި ބަރު ހަތިޔާރުތަކާ ދެކޮޅަށް، އަގުހެޔޮ ނަމަވެސް ބޮޑެތި ނަތީޖާތަކެއް ނެރެދޭނެ ޢަމަލީ ދިފާޢީ ވަސީލަތްތައް ބޭނުންކުރުމަށް ކަމަށް ޝެކާރްޗީ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު