Tuesday, October 6
ނަތަންޔާހޫ ދެއްކެވި ވާހަކަތަކަށް އައިސްލޭންޑުގެ ޚާރިޖީ ވަޒީރު ވަރުގަދަ ރައްދެއް ދެއްވައިފި

އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކަކީ އަޚްލާޤީ ގޮތުން ފިނޑިން ކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެއްކެވި ވާހަކަތަކަށް އައިސްލޭންޑުގެ ޚާރިޖީ ވަޒީރު ތޯރގެރޑުރ ކެޓްރިން ގުނާރސްޑޮޓިރ އދ. ގެ އާންމު މަޖިލީހުގައި ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އައިސްލޭންޑުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފަލަސްތީނުގެ އާންމުން ތަޙައްމަލުކުރާ ކެކުޅުންތަކަކީ އަޅާނުލައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، ކުޑަކުދިން ޝަހީދުވެ ޢާއިލާތަކުގެ ގެދޮރު ގެއްލެމުންދާ ކަމަށެވެ. އަދި ހަގީގީ އަޚްލާޤީ ފިނޑިންނަކީ އިންސާފުވެރި ދެމިގެންދާ ސުލްޙައަކަށް ވާހަކަދައްކަން ދެކޮޅުހަދާ ލީޑަރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމް ކުޑަކުރާ ފަރާތްތަކަކީވެސް އަޚްލާޤީ ފިނޑިން ކަމަށާއި، ދާއިމީ ޙައްލެއް ނެތި ޣައްޒާ ސުންނާފަތިކުރުމުގެ ޙާލަތު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ބަލައިނުގަނެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު