އާދިއްތަ, November 1
ހަބީބް އެޗްއާރްސީއެމްގެ މެމްބަރުކަމަށް އައްޔަންކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު ކަމުގެ މަގާމަށް ރައީސް، އިސްމާއިލް ހަބީބް އައްޔަން ކޮށްފި އެވެ.

ހަބީބް އަށް މަގާމުގެ ފަތް ކޮޅު އެރުވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހަބީބް ވަނީ މަގާމުގެ ހުވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅު މަތީގައި ހުވާ ކުރައްވާފައެވެ. މަގާމުގެ ހުވާ ލައިދެއްވީ  ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިސްމާއިލް ހަބީބް މަގާމުގެ ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހަބީބް ވަނީ 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް އީސީގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ޖެހިޖެހިގެން ދެ ދައުރު އީސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

ހަބީބް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ގައުމީ ޔުނިވާސިޓީން ދިވެހި ބަހުގެ މާސްޓަ އޮފް އާޓްސް ހާސިލްކުރައްވައިފަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު