ބަނގުރާ އުފައްދައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫއިން 40 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު މީދޫ ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
Advertisement
ފުލުހުން އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ އާލާތްތައް ވަނީ ފެނިފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



