Monday, November 16
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމްގެ ބޭބޭފުޅު އީދްރުސް އިބްރާހީމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި މެސެޖުގައި، މެލޭޝިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރުޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

އުމުރުފުޅުން 83 އަހަރުގައި އިދްރީސް އިބްރާހީމް އަވަހާރަވީ މެލޭޝިއާގެ ބުކިޓް މުރުތާޖާމްގެ "ޗެރޯކް ތޮކުން" ގައި ހުންނަ އޭނާގެ ގޭގައި އަވަހާރަފުޅުފުޅުގައި އޮންނަވަނިކޮށެވެ.  އޭނާގެ ދަރިކަނބަލުން އައިދާ ރަފީޒާ ވިދާޅުވި ގޮތުގައި، އެ ދުވަހު ކުރިން ބަލިވެޅުއުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން، އާއިލާއިން މި ވަކިވުމަށް އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެއެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އިދްރީސްއަކީ ސުކޫލެއްގެ ހެޑްމާސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު