Tuesday, October 6
ހޮރުމުޒް ކަނޑުއޮޅީގެ ނަމަކަށް "ޓްރަމްޕް ސްޓްރެއިޓް" ޖަހައި ޓްރަމްޕް ޗާޓެއް ހިއްސާކުރައްވައިފި

ދުނިޔޭގެ މުހިންމު ކަނޑުދަތުރުފަތުރުގެ މަގެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅީގެ ނަމަކަށް "ޓްރަމްޕް ސްޓްރެއިޓް" ޖަހާފައިވާ ޗާޓެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ހިއްސާކުރައްވާފައެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ނަން "ޓްރަމްޕް ސްޓްރެއިޓް" އަށް ބަދަލުކޮށްފައިވާ ޗާޓެއް ޓްރަމްޕް ހިއްސާކުރައްވާފައިވަނީ، އެ މަގު ހުޅުވާލުމަށް ހަތް ދުވަހުގެ ޕްލޭނެއް އީރާނުން ހުށަހަޅާފައިވާ ކަމަށް ބުނިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ މި ހުށަހެޅުމަށް ރައީސް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ޝަރުތުތަކަށް އީރާނުން އެއްބަސްވާނެ ކަމާމެދު އެމަނިކުފާނު ޝައްކުކުރައްވައެވެ.

އަދި އެއްބަސްވުމަކަށް އައުމުގެ ބަދަލުގައި އަލުން ބޮން އެޅުމުގެ ކެމްޕޭނެއް ފެށުމުގެ ފުރުސަތު ބޮޑު ކަމަށް ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު