Tuesday, October 6
އދ. ގެ ނިއުކްލިއާ އިންސްޕެކްޓަރުންނަށް ހުއްދަ ދޭނެ ކަމަށް އީރާނުން ބުނެފި

އދ. ގެ ނިއުކްލިއާ އިންސްޕެކްޓަރުން އަނބުރާ އެ ގައުމަށް ވަނުމުގެ ހުއްދަ ދެއްވާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ހާމަކުރައްވާފައެވެ. ރައީސް ޕެޒެޝްކިއާން މިކަން ހާމަކުރެއްވީ އެމެރިކާގެ މަޝްހޫރު މީޑިއާއެއް ކަމަށްވާ ސީބީއެސް ނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ފުރުސަތު ދިނުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެބޭފުޅުން ވަޑައިގެން އިންސްޕެކްޝަންތައް ކުރިއަށް ގެންދަން ބޭނުންފުޅުވާނަމަ މަޝްވަރާތަކުގެ ތެރެއިން އެކަމާ ގުޅޭގޮތުން އެއްބަސްވުންތަކަކަށް އާދެވިދާނެ ކަމަށެވެ.

އީރާނުގެ ރައީސް މިކަން ހާމަކުރައްވާފައި މިވަނީ، އދ. ގެ ނިއުކްލިއާ އިންސްޕެކްޓަރުންނަށް އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު