Tuesday, October 6
ހަތް ދުވަހުގެ ތެރޭގައި ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ތެހެރާނުން އެމެރިކާއަށް ޕްލޭނެއް ހުށަހަޅައިފި

ހަތް ދުވަހުގެ ތެރޭގައި ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، މިހާރު ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ވަނީ އެމެރިކާއަށް ހަތް ދުވަހުގެ ރޯޑްމެޕެއް ހުށަހަޅާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ހާމަކުރެއްވި ގޮތުގައި، އެމެރިކާއިން މި ޕްލޭނަށް އެއްބަސްވިހާ އަވަހަކަށް، އެކަން ތަންފީޒުކުރަން ފެށުމަށް ތެހެރާން އޮތީ ފުރިހަމައަށް ތައްޔާރަށެވެ.

އީރާނުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، އީރާނާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ކުރުމުގެ ދޮރު އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ.

އަދި އެ މަޝްވަރާތައް ހުއްޓުވީ އެމެރިކާއިން ނޫން ކަމަށްވެސް ތަރުޖަމާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ދަނޑިވަޅުގައި ސައޫދީ އަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ، ރިޔާޟުގައި ބޭއްވި ބައްދަލުވުމެއްގައި "މައްކާ ޕެކްޓް"ގެ ޤައުމުތަކުން ސައޫދީ އަރަބިއްޔާގެ ދިފާޢުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަލުން ދީފައިވާ ކަމަށެވެ

މީގެއިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ހޫޘީން ސައޫދީއަށް ދޭ ހަމަލާތައް ކުށްވެރިކުރައްވައި، މައްކާއާއި މަދީނާގެ ޙުރުމަތަށް ނުރައްކާވުމަކީ ހުރަސްއަޅައިގެން ނުވާނެ ރަތް ރޮނގެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު