Tuesday, October 6
އީރާނުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ދުލެއް ނުދޭނެ ކަމަށް އީރާނުގެ އޮފިޝަލަކު ވިދާޅުވެއްޖެ

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުން އެމެރިކާއިން ގަބޫލުކުރި ނަމަވެސް، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އެމެރިކާއިން އީރާނުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރަންދެން އެ ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހާމަކުރެއްވި ގޮތުގައި، ހަތް ދުވަހުގެ ތެރޭގައި ހުރިހާ ދިމާއަކުން ހަނގުރާމަ ހުއްޓާލުމާއި، އީރާނުގެ ބަނދަރުތަކުގެ ބްލޮކޭޑް އުވާލުމާއި، ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމުގެ އިތުރުން ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުން އެ ގައުމުގެ ހުށަހެޅުމުގައި ހިމެނެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެމެރިކާގެ އިންތިޚާބުގެ ކުރިން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް، ތެހެރާނުން ބުނަނީ ނިއުކްލިއާ ވާހަކަތައް ފަށާނީ އެމެރިކާއިން މި ޝަރުތުތައް ފުރިހަމަ ކުރުމުން ކަމަށެވެ.

ޔޫރޭނިއަމް މުއްސަނދިކުރުމާއި، އެމެރިކާގެ މައިގަނޑު ޝަރުތެއް ކަމަށްވާ މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ގައުމުން ބޭރުކުރުން ފަދަ ކަންކަމުގައި އީރާނުން އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ ވެސް ވަނީ އެ ޔޫރޭނިއަމް ގައުމުން ބޭރަށް ނުފޮނުވުމަށް އަމުރު ނެރުއްވާފައެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރާއިރު، އައިއޭއީއޭގެ އަންދާޒާއިން ދައްކަނީ ޖޫން 2025 ގައި އެ ގައުމުގައި 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 440.9 ކިލޯގްރާމްގެ ޔޫރޭނިއަމް ހުރި ކަމަށެވެ. އަދި މިހާރު އީރާނުން ހާމަކޮށްފައިވަނީ ހަމައެކަނި އެންމެ މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ޑައިލިއުޓް ކުރުމަށް އެއްބަސްވެދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު