Tuesday, October 6
ހޫޘީންގެ މިސައިލްތަކާއި ޑްރޯންތައް ވައްޓާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފި

އީރާނުގެ މަދަދު ލިބޭ ހޫޘީން ސައުދީ އަރަބިޔާއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ދެ މިސައިލާއި ދެ ޑްރޯން ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ ވައްޓާލާފައެވެ.

ކޯލިޝަނުން ހާމަކުރި ގޮތުގައި މިސައިލްތަކުގެ މިސްރާބު ހުރީ ޚަމީސް މުޝައިތަށް ކަމަށާއި، ޑްރޯންތައް ދަތުރުކުރީ ވެރިރަށް ރިޔާޟަށެވެ. އަދި މި ހަމަލާތަކާ ގުޅިގެން ސައުދީގެ ސިވިލް ޑިފެންސުން ޚަމީސް މުޝައިތާއި އަބްހާއަށް އިންޒާރުގެ އެލާޓް ނެރުނު ނަމަވެސް، ރިޔާޟަށް އެފަދަ އެލާޓެއް ނެރެފައެއް ނުވެއެވެ.

ޖުލައި މަހު ސައުދީ އަރަބިޔާއާ ދެކޮޅަށް ކަނޑުމަގުގެ ބްލޮކޭޑެއް އިއުލާނުކުރި ފަހުން، ޔަމަނުގެ އުތުރާއި އާބާދީ ބޮޑު ސަރަހައްދުތައް ކޮންޓްރޯލްކުރާ ހޫޘީން ދަނީ ސައުދީ އަރަބިޔާއަށާއި ރަތްކަނޑުގައި ދަތުރުކުރާ ސައުދީ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

ސައުދީގެ ސިޓީތަކަށާއި، ހަކަތައިގެ ވަސީލަތްތަކުގެ އިތުރުން މުދާ އުފުލާ ބޯޓުފަހަރަށް ދެވޭ މި ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އިތުރު ފިއްތުންތަކެއް ކުރިމަތިވެފައިވެއެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުއްޓިފައިވާ ދަނޑިވަޅެއްގައި، ގަލްފުގެ އެކްސްޕޯޓަށް އޮތް މައިގަނޑު ބަދަލު މަގު ކަމުގައިވާ ރަތްކަނޑުގެ މަގަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން، ސައުދީ އަރަބިޔާ، ޕާކިސްތާން އަދި ތުރުކީވިލާތުގެ އަސްކަރީ ވެރިން ވަނީ ރިޔާޟުގައި ބައްދަލުކުރައްވައި، ސައުދީއަށް ކުރިމަތިވެފައިވާ ނުރައްކާތައް މުރާޖައާ ކުރައްވާފައެވެ. މި ތިން ގައުމުން ސޮއިކޮށްފައިވާ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓުގެ ދަށުން، މިއިން ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވެއެވެ.

ސައުދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ވަނީ މި އެއްބަސްވުމާ އެއްގޮތަށް ހަމަލާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރާއެކު މަޝްވަރާކުރައްވައި އެކަން ކަށަވަރުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު