ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަނގުރާމަ ކުރުމަށް އޮތް ބާރު ހަނިކުރުމަށް ޑިމޮކްރެޓުން އިސްނަގައިގެން ހުށަހެޅި މައްސަލަ އެމެރިކާގެ ސެނެޓުން ބޭރުކޮށްލުމާ ގުޅިގެން، ރައްޔިތުން ތަމްސީލުކޮށް އީރާނުގެ ހަނގުރާމައާ ދެކޮޅު ހެދުމަށް އެމެރިކާގެ ސެނެޓަރ ބާނީ ސޭންޑަރސް ރިޕަބްލިކަން ޕާޓީގެ މެންބަރުންނަށް ވަރަށް ބޮޑަށް ގޮވާލައްވައި ފާޑުވިދާޅުވެއްޖެއެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ނުވަތަ ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕަށް ގޮވާލައި ހުށަހެޅި ގަރާރު ސެނެޓުން ފާސްނުވެ ދިޔައީ ކުޑަ ފަރަގަކުންނެވެ. ބުރާސްފަތި ދުވަހު ސެނެޓުގައި ނެގި ވޯޓު 49-50 އިން ނިމިގެންދިޔައީ ގަރާރާ ދެކޮޅަށެވެ.
މި ވޯޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޭންޑަރސް ވިދާޅުވީ، އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވަނީ އީރާނުގައި ކުރަމުންދާ މި ބިރުވެރި ހަނގުރާމަ ނިންމުމަކަށް ގެންނަން ކަމަށެވެ. "ނަމަވެސް ހިތާމައަކީ، މިއަދު ގާތްގަނޑަކަށް ހުރިހާ ރިޕަބްލިކަން މެންބަރުންވެސް ވޯޓު ދެއްވީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓްރަމްޕާ އެއްކޮޅަށް،" ސޭންޑަރސް ލިޔުއްވާފައިވެއެވެ.
އިތުރަށް ފާޑުވިދާޅުވަމުން ސޭންޑަރސް ވަނީ ރިޕަބްލިކަން މެންބަރުން އެމީހުންގެ ރައްޔިތުން ތަމްސީލުކޮށް، އެމީހުންގެ ނަފްސާނީ ގޮތުން ހަމަނުޖެހޭ ލީޑަރާ ދެކޮޅު ހެދުމުގެ ހިތްވަރު ލިބޭނީ ކޮން އިރަކުންތޯ ސުވާލު އުފައްދަވާފައެވެ.
މި ލިޔުން ކިޔާލުމުން



