އިންޑިއާގެ އިލެކްޝަންސް ޗީފް ގްޔާނޭޝް ކުމާރު ހޮނިހިރު ދުވަހުގެ ކުރިން މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ، އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު މުޅި ޤައުމުގައި ވަރުގަދަ މުޒާހަރާތަކެއް ފަށާނެ ކަމަށް އެ ޤައުމުގެ ޒުވާނުންގެ 'ކޮކްރޯޗް' ހަރަކާތުގެ ބާނީ އަބީޖީތު ދީޕްކޭ ވަނީ އިންޒާރު ދީފައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއަށް ނާޖާއިޒު ފައިދާވާ ގޮތަށް ވޯޓާސް ލިސްޓަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ، އިލެކްޝަންސް ޗީފް ކުމާރުގެ ނައިބުން އޭނާއާ ސުވާލުކުރި ކަމަށް ނޫހަކުން ރިޕޯޓްކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި 'ކޮކްރޯޗް ޖަންތާ ޕާޓީ' އިން ދަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
މި މައްސަލައިގައި ސީޖޭޕީން ވަނީ ކުމާރު އިސްތިއުފާ ދެއްވުމަށް އެދި ބުރާސްފަތި ދުވަހު 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ކޮންމެ މުއައްސަސާއެއްގައި ވެސް އޮފިޝަލުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދުމަކީ ޢާންމު ކަމެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކެއް ކަމަށް އެ ކޮމިޝަނުން ވަނީ ބަޔާންކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



