Tuesday, October 6
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ޔޫއޭއީން އީރާނުގެ އެއާލައިންތައް މަނާކޮށްފި

އީރާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ޕްރެޝަރު ކުރުމުގެ މަގުސަދުގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވެ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އީރާނުގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓުވައިފިއެވެ.

ބުރާސްފަތި ދުވަހު އެމިރޭޓްސްގެ ޑަބްލިއު.އޭ.އެމް ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އެއާލައިންތަކުން "ޔޫއޭއީއަށް އަދި ޔޫއޭއީން ފުރައިގެންދާ ހުރިހާ ދަތުރުތަކެއް ސަސްޕެންޑްކޮށްފައިވާ" ކަން ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއުލާނުކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވާގޮތުން މި ނިންމުމަކީ "ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެއާޕޯޓްތައް ބޭނުންކުރުން ހުއްޓުވުމަށް އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް" ނިންމާފައިވާ ނިންމުމެކެވެ.

އެމެރިކާގެ އާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަމުންދާއިރު، އީރާނުގެ އެއާލައިންތަކަށް ފުރުސަތު ހަނިކުރުމުގައި ނުވަތަ ދަތުރުތައް މެދުކަނޑާލުމުގައި އޮމާން، އިރާގު، އަޒަރުބައިޖާން، ޖޯޖިއާ އަދި ތުރުކުމެނިސްތާނުގެ ސަފަށް ޔޫއޭއީ ވެސް މިހާރު ވަނީ ގުޅިފައެވެ.

ޔޫއޭއީގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ދުބާއީއަކީ، އީރާނުގެ ބޮޑު އާބާދީއެއް ދިރިއުޅޭ، ވިޔަފާރީގެ ގާތް ގުޅުންތަކެއް އޮންނަ އަދި ދުވާލަކު އެތައް ދަތުރެއް ކުރާ، އީރާނުގެ އެއާލައިންތަކުގެ މުހިންމު މަންޒިލެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު