އާދިއްތަ, November 1
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު މަގާމުން ވަކިކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކޮށްފި އެވެ. މަގާމުން ވަކި ކޮށްފައި ވަނީ ޔޫސުފް އަބްދުލްޣަފޫރު އެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު ނޫސްތަކަށް މައުލޫމާތު ދެއްވާފަވާ ގޮތުން ޔޫސުފް އަބްދުލްޣަފޫރު އެ މަގާމުން ވަކިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަމަވެސް މަގާމުން ވަކި ކުރި ސަބަބު އެ ބޭފުޅުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ޔޫސުފް އަބްދުލްޣަފޫރަކީ ކުރިންވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާ ކުރައްވާފަވާ ބޭފުޅެކެވެ.

ޔޫސުފް އަބްދުލްޣަފޫރު މަގާމުން ވަކިކުރުމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގައި މިހާރު ތިއްބަވަނީ ފަސް ސްޓޭޓް މިނިސްޓަރުންނެވެ. އެއީ ޑރ. މުހައްމަދު ކިނާނަތު ލުބުނާ ޒާހިރު ހުސައިން، އާދަމް މުހައްމަދު އަބްދުﷲ އަދި އަބްދުލްމަޖީދު އިބްރާހިމް އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު