Tuesday, October 6
އެމެރިކާގެ ޔޫއެސްއެސް އަބްރަހަމް ލިންކަންގައި އަމިއްލައަށް މަރުވާން އުޅުމުގެ 8 ހާދިސާއެއް ހިނގައިފި

މެދުއިރުމަތީގައި ދިގުލައިގެންދިޔަ މިޝަނެއްގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންގައި އަމިއްލައަށް މަރުވާން އުޅުމުގެ 8 ހާދިސާއެއް ހިނގާފައިވާކަން އެމެރިކާގެ ނޭވީން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާތަކުގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވަނީ މި މަނަވަރުގެ ފަޅުވެރިންނެވެ.

އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި އެއާކްރާފްޓް ކެރިއަރުން ރެކޯޑު ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޑިޕްލޮއިމަންޓްގެ ތެރޭގައި ހިނގި މި ހާދިސާތަކުގެ ތަފުސީލު ހާމަކުރެއްވީ އެކްޓިން ނޭވީ ސެކްރެޓަރީ ހަންގް ކާއޯ އެވެ. އޭނާ މި މައުލޫމާތު ހާމަކުރެއްވީ ނިއުޔޯކްގެ ޑިމޮކްރެޓިކް ސެނެޓަރު ކާސްޓަން ގިލިބްރޭންޑް، އެ މަނަވަރުގައި ތިބި ފަޅުވެރިންގެ ހާލަތާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި ފޮނުއްވި ސިޓީއެއްގައެވެ.

ހަންގް ކާއޯ ވިދާޅުވި ގޮތުގައި، އަމިއްލައަށް މަރުވާން އުޅުނު ނަމަވެސް، މި ހާދިސާތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. މި ސިޓީގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރީ ސީއެންއެން އިން ކަމަށްވާއިރު، އެމެރިކާގެ އެހެން މައިގަނޑު މީޑިއާތަކުން ވެސް ވަނީ އެ ސިޓީ ބަލައި މައުލޫމާތު ކަށަވަރުކޮށްފައެވެ.

ޔޫއެސްއެސް އަބްރަހަމް ލިންކަން މިހާރު ވަނީ މެދުއިރުމަތި ދޫކޮށް، އެމެރިކާގެ ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ އޭގެ މައި މަރުކަޒަށް އެނބުރި ދިޔުމުގެ ދަތުރު ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު