Tuesday, October 6
ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީއަކު ކޯސްޓްގާޑުން ސަލާމަތްކޮށްފި

ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީއަކު ކޯސްޓްގާޑުން ސަލާމަތްކޮށްފި/ފޮޓޯ- އެމްއެންޑީއެފް

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެގެން ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 00:44 ގައި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު، ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެ މީހާ ހޯދުމުގެ މަސައްކަތްކުރަނިކޮށް ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އެއަށްފަހު އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް އެ މީހާ ނަގައި އިތުރަށް މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވުނު ކަމަށް އެމްއެންޑީއެފް އިން ވަނީ މަޢުލޫމާތިދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު