އާދިއްތަ, November 1
ދައުލަތުގެ ޖުމްލަ ރިޒާވް އިތުރުވެއްޖެ

މި އަހަރުގެ އޮގަސްޓް މަހުގެ ދައުލަތުގެ ޖުމްލަ ރިޒާވަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

އެމްއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ މިއީ ރިޒާވަށް ލިބުނު 11 ޕަސެންޓުގެ ކުރިއެރުމެކެވެ. އޮގަސްޓް މަހު ރިޒާވް ވަނީ 395 މިލިއަން ޑޮލަރުން 444 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މި ކުރިއެރުމާ އެކު، ޔޫޒަބަލް ރިޒާވް ވެސް ވަނީ 26 ޕަސެންޓަށް އިތުރުވެފަ އެވެ. ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ 61 މިލިއަން ޑޮލަރެވެ. ފާއިތުވި މަހުގައި ޔޫޒަބަލް ރިޒާވުގައި  ހުރީ 45 މިލިއަން ޑޮލަރެވެ. މިއީ ތިން އަހަރުގެ ތެރޭގައި ރިޒާވުގަ އެންމެ ދަށްކޮށް ހުރި މަހެވެ.

މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. މި އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް އިތުރުވީ ފެބްރުއަރީ މަހު އެވެ. އެ މަހުގެ ޖުމްލަ 588 މިލިއަން ޑޮލަރަށް އެރި އެވެ.

ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭ އިން އަންނަނީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު