Tuesday, October 6
"ސިޔާސީ އިޚްތިޔާރު" އިން ހޮރްމުޒް ކަނޑުއޮޅީގެ ކާރިސާ ހުއްޓުވިދާނެ: ޔޫއެންއޯޕީއެސް

ސިޔާސީ އިޚްތިޔާރު ނުވަތަ "ޕޮލިޓިކަލް ވިލް" ބޭނުންކޮށްގެން ހޮރްމުޒް ކަނޑުއޮޅީގެ ކާރިސާ ހައްލުކުރެވިދާނެ ކަމަށް ޔޫއެންއޯޕީއެސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޖޯޖް މޮރޭރާ ދަ ސިލްވާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ މައިގަނޑު ނުކުތާއަކަށް ހޮރްމުޒް ކަނޑުއޮޅި ވެފައިވާއިރު، ސްޓްރެޓީޖިކް ގޮތުން މުހިންމު މި މަގު ބަންދުވުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ދަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.

އިންފްރާސްޓްރަކްޗަރާއި ޕްރޮޖެކްޓް މެނޭޖްމަންޓް މެދުވެރިކޮށް އިންސާނީ އެހީ ފޯރުކޮށްދޭ ޔޫއެންއޯޕީއެސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޖޯޖް މޮރޭރާ ދަ ސިލްވާ ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުން އިންސާނީ އެހީއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލި އދ. ގެ ޚާއްޞަ ޓާސްކް ފޯހުގެ އިސްވެރިޔަކަށް އައްޔަންކުރައްވާފައެވެ.

ޖޯޖް މޮރޭރާ ދަ ސިލްވާ ވިދާޅުވެފައިވަނީ މި ނުރައްކާތެރި ކާރިސާއަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ޤައުމުތަކުގެ ސިޔާސީ އިޚްތިޔާރު ނުވަތަ ސިޔާސީ ޢަޒުމް ވަރަށް މުހިންމު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު