Tuesday, October 6
ބިރުދެއްކުމަށް ފަސްނުޖެހޭނެ ކަމަށާއި، މަޝްވަރާތަކަށް އަދިވެސް މަރުހަބާ ކިޔާ ކަމަށް ތެހެރާނުން ބުނެފި

އެމެރިކާއިން ދޭ އެއްވެސް ބިރުދެއްކުމަކަށް އީރާނުން ފަސްނުޖެހޭނެ ކަމަށާއި، ނަމަވެސް ޑިޕްލޮމެޓިކް މަޝްވަރާތަކަށް އަދިވެސް މަރުހަބާ ކިޔާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އދ. ގައި ދެއްވި ތަގުރީރެއްގައި ރައީސް ޕެޒެޝްކިއާން ވަނީ އީރާން ސުންނާފަތިކޮށްލާނެ ކަމަށް ބުނެ އެމެރިކާއިން ދިން އިންޒާރަށް ރައްދު ދެއްވައި، އީރާނަކީ ބާރުގެ ބޭނުންކުރުމުގެ ބަހުރުވަ ގަބޫލުނުކުރާ، އެކަމަކު މަޝްވަރާއާއި ސުލްހަވެރި ވާހަކަތަކަށް އަބަދުވެސް ތައްޔާރަށް އޮތް ގައުމެއްކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ދިގު މުއްދަތެއް ބޭނުންވާ ކަމަށާއި، އަދިވެސް އަސްކަރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އޮތް ކަމަށެވެ.

އީރާނުގެ ސެކިއުރިޓީ ޗީފް މުހުސިން ރެޒާއީ ވަނީ އެމެރިކާގެ އެއާލައިން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ ގައުމުތަކުގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު