Tuesday, October 6
ދުޝްމަނުންނަށް އެންމެ އިންޗިއެއްވެސް ދޫނުކުރާނަން: އައިއާރްޖީސީ

އީރާނުގެ ބިމުން ދުޝްމަނުންނަށް އެންމެ އިންޗިއެއްވެސް ދޫނުކުރާނެ ކަމަށް އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެއްގަމު ސިފައިންގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ކަރަމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އީރާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި ހުންނަ އޮޕަރޭޝަނަލް ބޭސްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ.

މެހްރް ނިއުސް އެޖެންސީން އޭނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަރަމީ ވިދާޅުވީ ”މާތް ﷲ ގެ ވާގިފުޅާއެކު، މުޤައްދަސް ދިފާޢީ ދުވަސްވަރު [1980-1988 ގެ އީރާން-ޢިރާޤު ހަނގުރާމަ] ވެސް ކަންކުރި ފަދައިން، އަޅުގަނޑުމެން ދުޝްމަނުންނަށް އެންމެ އިންޗިއެއްވެސް ދޫނުކުރާނަމެވެ. އަދި މުސްތަޤުބަލު އޮތީ މާތްވެގެންވާ އިސްލާމްދީނަށާއި، ހިތްވަރުގަދަ އީރާނުގެ ރައްޔިތުންނަށެވެ.“

މީގެއިތުރުން، ޤައުމުގެ ދިފާޢުގައި ”ދެކޮޅުވެރިކަމާއި ސާބިތުކަމުގެ މަގުގައި“ ދެމިތިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ކަރަމީގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު