އެމެރިކާގެ އޮފިޝަލުން އީރާނުގެ ލީޑަރުންނާއެކު ތިން ގަޑިއިރުގެ "ވަރަށް ރަނގަޅު" ބައްދަލުވުމެއް ބޭއްވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ. ރައީސް ޓްރަމްޕް މިކަން ހާމަކުރެއްވީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އަދި އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ނިއުޔޯކުގައި ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދީފައެވެ. މި ބައްދަލުވުމަށްފަހު ރައީސް ޓްރަމްޕް ވިދާޅުވީ "ވަރަށް އަވަސް މުސްތަގުބަލެއްގައި" އިތުރު ބައްދަލުވުމެއް ވެސް ތާވަލުކުރެވިފައިވާ ކަމަށެވެ.
މި ދަނޑިވަޅަކީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަހައްދު ތާރީޚުގައި ވެސް އެންމެ ނުރައްކާތެރި އެއް ދުވަސްވަރު ތަހައްމަލު ކުރަމުންދާ ވަގުތެއް ކަމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލްޘާނީ ވަނީ އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވެފައެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޑިޕްލޮމެސީ އިސްކުރުމަށް ގަތަރުގެ އަމީރު ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން



