އެމެރިކާގެ ސެނެޓަރު ކްރިސް ވެން ހޮލެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ދޮގުހަދާ އަދި ހޯދަމުންދާ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ސެނެޓަރު ފާހަގަކުރެއްވި ގޮތުގައި، ޣައްޒާ ސުންނާފަތިކޮށް އެތަނުގައި ހިންގި ޖަރީމާތަކާ ގުޅިގެން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.
ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދުވެރިންނާއި ސަލާމަތީ ބާރުތަކުން މަރާލި އެމެރިކާގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށާއި ޖަވާބުދާރީވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ކަމަށާއި، ބައެއް ގައުމުތަކުން އޭނާ އެތެރެވުން މަނާކޮށްފައިވާ ކަމަށް އެމެރިކާގެ ސެނެޓަރު ކްރިސް ވެން ހޮލެން ފާހަގަކުރެއްވިއެވެ.
ސެނެޓަރު ވެން ހޮލެން އިތުރަށް ވިދާޅުވީ، އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ލިބުމަކީ ނަތަންޔާހޫގެ ނަސީބު ކަމުގައި ވިޔަސް، އޭނާ ހަދާފައިވާ ދޮގުތަކާއި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް އެކަމުން ނުފޮހެވޭނެ ކަމަށާއި އޭނާއަކީ ލަދުގަންނަންޖެހޭ ފަދަ ޝަޚްސިއްޔަތެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން



