އާދިއްތަ, November 1
މާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ޒުވާނަކު މަރުވެއްޖެ

ފާއިތުވި ހަފްތާގެ ބުދަ ދުވަހުގެ ރޭ މާލޭ ދަރުބާރުގެ ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ޒުވާނަކު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްއިން ބުނީ މަރުވީ މުހައްމަދު ލީވާން އަބްދުލް ލަތީފް، 21، ކަމަށާއި އޭނާ މަރުވީ ވެންޓިލޭޓަރަށް ލާފައި އޮއްވައި ކަމަށެވެ.

ތިން ދުވަސް ވަންދެން އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އޭނާ މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދިނެވެ.

އެކްސިޑެންޓްގައި ލީވާން ދުއްވި ސަކިކަލުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފަ އެވެ. އަދި އޭނާ އެކްސިޑެންޓްވި ޓެކްސީ އަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

މާލެ އަދި ހުޅުމާލޭގައި މިފަހަކަށް އައިސް މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު އިތުރުވެފައިވާ އިރު މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް 1907 ހިނގާފާ ވާއިރު ކޮންމެ މަހަކު 200 ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަރުކާރުން ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް މަދު ކުރަން ހަރުކަށި ފިޔަވަޅުތައް އަޅަން ނިންމައި، އެ ފިޔަވަޅުތައް އިއުލާން ކޮށްފަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު