ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ވެސްޓްޕާކް ސަރަޙައްދުން މަގުގެ އެއްފަޅި މިރޭ 12:00 އިން ފެށިގެން ބަންދުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ނިންމައިފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މަގުގެ އެއްފަޅި ބަންދުކުރި ނަމަވެސް، އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެއެވެ. އަދި މި ބަދަލުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
ފާއިތުވި ޖޫން 23 ގައި ފެށި މި މަޝްރޫޢުގެ ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތް ނިންމައި، ނޯތު ހާބަރުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތާރުއަޅައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާ ގުޅިގެން، މީގެ ކުރިން އޮފީސްތައް ގިނަވުމުގެ ސަބަބުން ނަސަންދުރައާއި ބީއެމްއެލް ސަރަޙައްދުގެ ތޮއްޖެހުމަށާއި މަގު ހަލާކުވެފައި އޮތުމުގެ ސަބަބުން ދިމާވި އުނދަގޫތަކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ނުނިމި ހުރި ބައިތަކުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.
މި ލިޔުން ކިޔާލުމުން



