ލ. ގަމުގައި ކުރިއަށްދިޔަ ރޭސިން މުބާރާތެއްގެ ތެރެއިން ސައިކަލާއެކު މޫދަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ސައިކަލް ކޮންޓްރޯލް ނުވެ ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 10:00 ހާއިރުއެވެ. "ރާސް ޗެމްޕިއަންޝިޕް، ލާމު އެޑިޝަން" ގެ ތެރެއިން ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ.
މި ހާދިސާއާ ގުޅިގެން އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް، އޭނާއަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން



