އާދިއްތަ, November 1
ބިރުދައްކައިގެން މީހެއްގެ އަތުން ފައިސާ ފޭރުނު އަންހެނަކު ހައްޔަރު ކޮށްފި

ފިރިހެނަކަށް ކޮޓަރިއަށް ދާން ދައުވަތު ދިނުމަށްފަހު، އޭނާ އާއި އިތުރު މީހަކު ވެގެން އެ ފިރިހެންމީހާ އަތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ ސ.މަރަދޫ ކުންނާރުގެ 27އ، އާއިޝަރު މަލްޖާ މޫސާ ދީދީ އެވެ. އަދި އަންހެން މީހަގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ ފިރިހެން މީހާ ރަހީނު ކުރީ އައިޖީއެމްއެޗް ކައިރިން ފައިތުވި އޯގަސްޓު މަހު 26، ގައި ފިރިހެން މީހާ ހުއްޓުވައި މުރަނގަ މަގުގައި ހުންނަ ގެސްޓުހައުސްއަކަށް ދިޔުމަށް މަލްޖާ ދައުވަތު ދީގެން ގެސްޓް ހައުސްއަށް ގެންގޮސް ކަމަށެވެ. އެމީހާ ރަހީނު ކުރުމުގައި ފިރިހެނަކު ވެސް ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި ފިރިހެން މީހާ ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000ރ. ވަނީ ފޭރިގެންފައެވެ.

އަންހެން މީހާގެ ބަންދަށް 15 ދުވަސ ޖަހާފަ ވާއިރު ފިރިހެން މީހާގެ މައުލޫމާތެއް މިހާތަނަށް ފުލުހުން ހިއްސާ ކޮށްފައެއް ނުވެ އެވެ.

މާލޭގައި މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް ވަނީ ގިނަ ވެފައެވެ. މިދިޔަ ޖުލައި މަހު ވެސް ވަނީ މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު