ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ސްރީލަންކާގެ ކޮޅުނބުގައި ބޭއްވި "ރީޖަނަލް ވާރކްޝޮޕް އޮން މެރިޓައިމް ޑޮމެއިން އެވެއަރނަސް އޭޒް ޑިޖިޓަލް އެވިޑެންސް" މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡް އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
މި ސެޕްޓެމްބަރު 13 އިން 15 އަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ މެރިޓައިމް ޑޮމެއިން އެވެއަރނަސް އާއި ޑިޖިޓަލް ހެކިތަކާ ގުޅޭގޮތުން ޔޫއެންއޯޑީސީން ތައްޔާރުކޮށްފައިވާ މެނުއަލަށް އަހުލުވެރިކުރުވުމާއެކު، ކަނޑުމަތީގެ ކުށްތަކާއި، މަސްވެރިކަމުގެ މައްސަލަތައް އަދި ކަނޑުގެ ތިމާވެށި ތަގައްޔަރުވުމުގެ ހާދިސާތައް ތަހުގީގުކުރުމުގައި އެ މެނުއަލްގެ ބޭނުން ހިފިދާނެ އަމަލީ ގޮތްތައް ދެނެގަތުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމާއި، ވެސެލް މޮނިޓަރިންގ ސިސްޓަމް، ސެޓެލައިޓް އިމޭޖަރީ، ރާޑަރ އަދި ޑްރިފްޓް މޮޑެލިންގ ފަދަ ވަސީލަތްތަކުން ލިބޭ މައުލޫމާތު ތަހުގީގުތަކާއި ޝަރީއަތުގެ މަރުހަލާގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. މީގެއިތުރުން، މިފަދަ ޑިޖިޓަލް ހެކި ކޯޓުތަކަށް ބަލައިގަތުމުގައި ދިމާވާ ގާނޫނީ އަދި ފަންނީ ހުރަސްތައް ދެނެގަނެ، ހެކި އެއްކުރުމާއި ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ ތަޖުރިބާތައް ބައިވެރިންގެ މެދުގައި ވަނީ ހިއްސާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



