25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ވިލިމާލޭގައި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އެކަމަނާ ވަޑައިގަތުމުން ދަރިވަރުންގެ ގާޑް އޮފް އޮނަރއަކުން މަރުހަބާ ދެންނެވިއިރު، މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވަނީ އެކަމަނާއަށް ޚާއްސަ ހަދާނީ ހަދިޔާއެއް އަރުވާފައެވެ. މީގެއިތުރުން، ކޭމްޕް ހިންގުމަށް އެހީތެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރަމްޒީ ހަދިޔާ ހަވާލުކޮށްދެއްވައި، ކޭމްޕް ސަރަހައްދު ބައްލަވާލެއްވުމުގެ އިތުރުން ބައިވެރިންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޕީޓީއެލްއަށް 25 އަހަރު ފުރުމާއި އަންނަ އަހަރު ފާހަގަކުރާ ގާރލްގައިޑް ހަރަކާތުގެ 75 އަހަރުގެ ޑައިމަންޑް ޖުބިލީއާ ގުޅުވައިގެން އެކަމަނާ ވަނީ ހަރަކާތުގެ އިސްބޭފުޅުންނަށް ތަހުނިޔާ ދަންނަވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ގާރލްގައިޑް ހަރަކާތަކީ ފަރުދީ އަދި އިޖުތިމާއީ ޝަޚްޞިއްޔަތު ބައްޓަންކޮށް، އުނގެނުމާއި ރަނގަޅު އަޚްލާޤަށް އިސްކަންދޭ، މުޖުތަމައަށް ފައިދާހުރި އަންހެން ފަރުދުން އުފައްދައިދޭ ހަރަކާތެކެވެ. އަދި ގޮންޖެހުންތަކުން ނެއްޓި އަމާޒަށް ވާސިލުވުމުގެ ރޫހު އަލާކޮށްދޭ މި ހަރަކާތުގެ ދަރިވަރުންނަކީ، ޤައުމަށް ބޭނުންޖެހޭ ކޮންމެ ދާއިރާއަކުންވެސް އެންމެ ފުރިހަމައަށް ޚިދުމަތްކުރާނެ، ޤައުމީ ފަޚުރުވެރި ދަރިންތަކަކަށް ވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



