އާދިއްތަ, November 1
ވިލިމާލެ ފަޅުން ގަވާއިދާ ޚިލާފުވި 11 އުޅަނދެއް ޖޫރިމަނާ ކޮށްފި

ގަވާއިދާ ޚިލާފަށް ފަޅު ބޭނުންކުރަމުންދިޔަ 11 އުޅަނދެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ޖޫރިމަނާ ކުރެވުނު އުޅަނދުތަކަކީ ޤަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، އުސޫލުތަކާ ޚިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި މި އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވަނީ، ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ވިލިމާލޭގެ ފަޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ސަރަހައްދަކަށް ވާއިރު، ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުތައް މަދުކުރުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ކައުންސިލުން ވަނީ ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ އެންމެހައި ޤަވާއިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އިޙްތިރާމްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ގަވާއިދާ ޚިލާފަށް ފަޅު ބޭނުންކުރަމުންދާ އުޅަނދުތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ވަނީ ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު