އާދިއްތަ, November 1
ސްޕޯޓްސް ކާރު ދުއްވި މީހާ އަތުގައި ލައިސަންސެއް ނެތް

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފާ ދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެންނެ. މި ހާދިސާ ގައި ކާރު ދުއްވަން އިނީ  ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ.

އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ މެންދަމު 2:48  ހާއިރެވެ. އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސަމާހު ނިޔާވީ އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެންނެވެ. އޭނާ އަކީ މޯލްޑިވްސް ކަރެކްޝަލް ސާވިސްގެ ޕްރިޒަންސްގައި ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އަދި އޭނާ ނިޔާވީ މެރަތަން އަކަށް މާލެ އައިސް އުޅެނިކޮށެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ވިސާމު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ކޮށްފަ އެވެ. އެކަމަކު، އޭނާގެ އަތުގައި ލައިސަންސް ނެތުން ފިޔަވައި އެކްސިޑެންޓާ ގުޅޭ މައުލޫމާތުތަކެއް އަދި ރަސްމީކޮށް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު