އާދިއްތަ, November 1
ރ. ފުއްގިރީގައި އެންޓަނާއަކުން މީހަކު ވެއްޓި އަނިޔާވެއްޖެ

ރ. އަތޮޅު ފުއްގިރީގައި ހުރި ދިރާގު އެންޓަނާއަކުން މީހަކު ވެއްޓި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ވަނީ ފަށައިފައެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ އެންޓަނާއަށް އަރައި އުޅުނު އިންޑިއާ ރައްޔިތަކަށެވެ.

އެންޓަނާގެ 20 ފޫޓު މަތިން ތިރިއަށް ވެއްޓުނު މި މީހާގެ މައިބަދައަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އޭނާގެ އުނަގަނޑުގެ ކަށިގަނޑެއްވެސް ވަނީ ބިނދިފައެވެ. އޭނާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެމެޖެންސީގައި ފަރުވާދެމުންދާއިރު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު