އާދިއްތަ, November 1
ކުރީގެ އެގްރިކަލްޗާ މިނިސްޓަރ ޑރ. މާރިޔާ ފޮރިން މިނިސްޓްރީގެ އިސް މަގާމަކަށް އައްޔަންކުރައްވައިފި

ކުރީގެ އެގްރިކަލްޗާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެނގިފައިވާ ގޮތުގައި ޑރ. މަރިޔަމް މާރިޔާ އެ މަގާމަށް އައްޔަންކުރެއްވީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

އާންމުގޮތެއްގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބޭފުޅުން ހަމަޖައްސަނީ ބޭރު ޤައުމެއްގެ ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ކަމަށްވީ ނަމަވެސް، ޑރ. މާރިޔާ އައްޔަންކުރައްވާ ސަފީރުކަމުގެ ޤައުމެއް އަދި ސާފެއް ނުވެއެވެ.

މި ސަރުކާރުގެ ފެށުމުގައި ޑރ. މާރިޔާ އެންމެ ފުރަތަމަ ހުންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރގެ މަގާމުގައެވެ. ނަމަވެސް، މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނެވުނު ބަދަލުތަކާއެކު ޑިސެމްބަރު 2024 ގައި އޭނާ ވަނީ އެގްރިކަލްޗާ މިނިސްޓަރކަމަށް ބަދަލުކުރައްވާފައެވެ. އޭގެފަހުން، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ތެރެއިން އޭނާ ވަނީ އެގްރިކަލްޗާ މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވި ބައެއް ބޭފުޅުން އެކި ޤައުމުތަކުގެ ސަފީރުކަމަށް ހަމަޖެއްސެވި ނަމަވެސް، އޭގެފަހުން މިހާތަނަށް ޑރ. މާރިޔާ އެއްވެސް ސިޔާސީ މަގާމަކުން ފެނިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު