އާދިއްތަ, November 1
ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުންގެ ފެންވަރުގެ ދެ މަގާމަކަށް މިއަދު ބޭފުޅުން އައްޔަންކުރައްވައިފިއެވެ. އެގޮތުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަގާމަށް ގ. ފިނިވިލު، މުޙައްމަދު ޠަލާލް އައްޔަންކުރެއްވިއިރު، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރެއްވީ ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.

މީގެ ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމު ފުރުއްވި މުޙައްމަދު ޠަލާލަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުކަމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރ ޖެނެރަލްކަމުގެ އިތުރުން، ޔޫތު މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒަރުކަމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އޭނާ ވަނީ ފުރުއްވާފައެވެ.

ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރެއްވި އަޙްމަދު ޙަބީބަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ވިލާ އެއަރގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ޙަބީބް ވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ވިލާ ހަކަތައިގެ މެނޭޖަރުކަން އަދި ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވެސް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު