އާދިއްތަ, October 11
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމަށް 29 މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޤާމުގެ މުސާރައަކީ މަހަކު -/17,175.00 ދިވެހި ރުފިޔާއެވެ. މި މަޤާމަށް ހޮވޭ ފަރާތްތަކުން އާންމުކޮށް މަސައްކަތްކުރަން ޖެހޭނީ މާލެ ސަރަޙައްދުގައެވެ.

މި ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި، މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުމާއި، އިސްކޮޅުގެ ގޮތުން ފިރިހެނެއް ނަމަ 5 ފޫޓު 3 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓު ހަމަވުން އަދި ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ މަޢާފުކުރިތާ 3 އަހަރު ވެފައިވުމާއި، ގެވެށި އަނިޔާގެ މައްސަލައެއްގައި ޝަރުޢީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި، އިންތިޚާބީ މަޤާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެއް އުފުލިފައިވާ މީހަކު ކަމުގައި ނުވުން އަދި ފުލުހުންގެ ތަމްރީނު ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި، އަޚްލާޤާއި ޤާބިލުކަން ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ވަޒީފާއަށް މީހުން ހޮވުމުގައި ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓް، މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓް ކުރިއަށްގެންދެވޭނެއެވެ. އަދި މީހުން ހޮވުމުގައި އިސްކަންދެވޭނީ މި އެސެސްމަންޓްތަކުން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތްތަކަށެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2026 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 16:00 އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު