އާދިއްތަ, October 11
ބަންކަރިންގ ޚިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ

ބަންކަރިންގ ޚިދުމަތުން އެންމެ ފަހުގެ ރިޕޯޓުތައް ދައްކާ ގޮތުގައި 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެއަށް ވަދެފައިވާ ރެވެނިއުއެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމަށާއި، އެއީ މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ އަސާސީ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގިނަ އައު އައިޓަމްތަކެއް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ރާއްޖެ ގެނެސް، ހޯލްސޭލަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް އެއްވެސް ދައްޗެއް ނެތި ރަސްމީ ރޭޓުގައި ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ދޫކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވުމަށާއި، ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުން ބަރާބަރަށް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު