އާދިއްތަ, November 1
ސްޓެލްކޯ ބަސް ސްޓޮޕުން ޓީވީއެއް ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

މާލޭގެ ސްޓެލްކޯ ކައިރީގައި ހުންނަ ބަސް ސްޓޮޕުގައި ހަރުކޮށްފައި ހުރި ޓީވީއެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޢާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާއަކީ ހެންވޭރު ޕޮލިހުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ހޯދިފައިނުވާ މީހެއް ކަމަށެވެ.

ފުލުހުން ވަނީ އެ މީހާ ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު ޢާންމުކޮށްފައެވެ.

އަދި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން، މިފަދަ ކުށްތައް ކުރާ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު