އާދިއްތަ, November 1
މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތައް ބަންދުކުރަނީ
މެލޭޝިޔާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު 2026 ސެޕްޓެމްބަރު 14 އިން 15 އަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، ސެޕްޓެމްބަރު 15 ވާ ދުވަހުގެ ފަތިހު 5:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ވަކި ސަރަޙައްދުތަކެއް ބަންދުކުރެވޭނެ ކަމަށެވެ. ފުލުހުން ޢާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފާހަގަކުރެވިފައިވާ ސަރަޙައްދުތައް އެއްގަމު ދަތުރުފަތުރާއި، ކަނޑު ދަތުރުފަތުރުގެ އިތުރުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށްވެސް ބަންދުވާނެއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޢިއްޒަތްތެރި މެހެމާނަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމުގެ ގޮތުންނެވެ. މި ބަންދުކުރުންތަކާ ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އަބަދުވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު