އާދިއްތަ, November 1
60،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގިކަމުގެ ތުހުމަތުގައި މާމެންދޫން ދެ މީހަކު ހައްޔަރުކޮށްފި

60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގިކަމުގެ ތުހުމަތުގައި ގއ. މާމެންދޫއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޢަންދަލީބުގެ / ގއ. މާމެންދޫ، އަޙްމަދު ސަޢުދު (42އ) އާއި ސަންލައިޓްވިލާ / ގއ. މާމެންދޫ، ޙަމްދޫން ޙަސަން (33އ) އެވެ. މި މީހުންގެ ތެރެއިން ކޯޓުން ވަނީ ޙަމްދޫން ޙަސަން 15 ދުވަހަށް އަދި އަޙްމަދު ސަޢުދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މާމެންދޫ ގެސްޓު ހައުސް އަކާއި ރަށު ސިއްހީ މަރުކަޒު ބޭސްފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން ވަގަށްނެގި ތަކެތި ހޯދުމަށް ކުރެވުނު މަސައްކަތުން، އެ މީހުންނާއި ގެސްޓު ހައުސްއާއި ބޭސްފިހާރައިން އެ މީހުން ވަގަށްނެގި ތަކެތި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިގޮތުން ގެސްޓު ހައުސްއިން ވަގަށްނެގި ތަކެތީގެ ތެރޭގައި ހިމެނެނީ މެކްބުކް ސަރފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓްގެ އިތުރުން ގޯޕްރޯއަކާއި، ކެނޮން ކެމެރާއެއް ކަމަށާއި، ބޭސްފިހާރައިން ވަގަށްނެގި ތަކެތީގެ ތެރޭގައި ފައިސާއާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު