އާދިއްތަ, November 1
ރުފިޔާ ކާޑުތަކުން ބޭރުގެ އޮންލައިން ވިޔަފާރި ކުރެވޭނެ ލިމިޓުތަކެއް ބީއެމްއެލް އިން ކަނޑައަޅައިފި

ބޭންކް އޮފް މޯލްޑިވްސް ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އޮންލައިން ވިޔަފާރިތަކުން މުއާމަލާތް ކުރެވޭނެ ޚާއްޞަ ލިމިޓުތަކެއް ކަނޑައަޅައި، މާދަމާއިން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ނިންމައިފިއެވެ. މިއީ ރާއްޖޭއިން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ބޭންކަށް ލިބެން ހުރި ޑޮލަރަށްވުރެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވާތީ އެޅި ފިޔަވަޅެކެވެ. މުޅި ޖުމްލަ މަހެއްގެ މައްޗަށް ރުފިޔާ ކާޑުތަކަށް 16 މިލިއަން ޑޮލަރު ދޫކުރުމަށް ކަނޑައަޅާފައިވާއިރު، ވަކިވަކި ދާއިރާތަކަށް ދުވާލަކާއި މަހަކު ބޭނުންކުރެވޭނެ އިންތައް ވަނީ ބަހާލެވިފައެވެ:

  • އެންމެ ގިނައިން ވިޔަފާރިކުރާ 150 ޕްލެޓްފޯމް (ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ): ދުވާލަކަށް 100،000 ޑޮލަރު އެއީ މަހަކަށް 3 މިލިއަން ޑޮލަރު.
  • ސޯޝަލް މީޑިއާ (މެޓަ، ޓިކްޓޮކް): ދުވާލަކަށް 50،000 ޑޮލަރު އެއީ މަހަކަށް 1.5 މިލިއަން ޑޮލަރު.
  • ދަތުރުފަތުރާއި ހޮޓެލް ބުކިން: ދުވާލަކަށް 200،000 ޑޮލަރު އެއީ މަހަކަށް 6 މިލިއަން ޑޮލަރު. ނަމަވެސް، ކޮންމެ ކަސްޓަމަރަކަށް 3 މަސްދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން 3 މުއާމަލާތެވެ.
  • ޒަރޫރީ ސަބްސްކްރިޕްޝަންތައް: ދުވާލަކަށް 100،000 ޑޮލަރު އެއީ މަހަކަށް 3 މިލިއަން ޑޮލަރު.
  • އެހެނިހެން ވިޔަފާރިތައް: ދުވާލަކަށް 60،000 ޑޮލަރު އެއީ މަހަކަށް 1.8 މިލިއަން ޑޮލަރު.

މި ލިމިޓްތައް ކޮންމެ ދުވަހަކު ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ. ސިއްހީ އަދި ތައުލީމީ ކަންކަމަށް ވަކި ކެޓެގަރީ ލިމިޓެއް ނެތް ނަމަވެސް، އެފަދަ ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް ބޭންކުން ޚާއްޞަ ބަފާއެއް ދަމަހައްޓާނެއެވެ. އަދި ޑޮލަރު ކާޑުތަކުން ކުރިއެކޭ އެއްގޮތަށް ވިޔަފާރި ކުރެވޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ ހާލަތަށް ބަލައި މި ލިމިޓްތަކަށް ބަދަލު ގެންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު