އާދިއްތަ, November 1
އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ހިންގައިފި

މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމުގެ މުހިންމު މަގުސަދުގައި ހުޅުމާލެ ޓްރެފިކް ފުލުހުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ސުކޫލު ކޮމިޔުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭ ރެހެންދި ސުކޫލު ހިމެނޭ ސަރަހައްދުގައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ސުކޫލުގެ ދެ ސެޝަންގެ ކިޔެވުން ފެށުނު ވަގުތާއި، ކިޔެވުން ނިމުނު، ސުކޫލު ސަރަހައްދުގެ ބާރުބޮޑު ގަޑިތަކާ ދިމާކޮށެވެ.

ފުލުހުން ވަނީ މި ހަރަކާތުގައި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ މެސެޖުތައް ސްޕީކަރުތަކުންނާއި މައިކު ބޭނުންކޮށްގެން އަޑުއިއްވައިފައެވެ. އޭގެ އިތުރުން، ދުއްވާ މީހުންނާއި ހިނގާބިގާވެ އުޅޭ މީހުން ހޭލުންތެރިވާންޖެހޭ ކަންކަމުގެ އިރުޝާދުތައް ހިމެނޭ، އަމާންކަމުގެ މެސެޖުބޯޑުތައް ހިފައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

މި ހަރަކާތުގައި، ރެހެންދި ސުކޫލުގެ ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނުވެފައިވާ ދަރިވަރުންނާއި، އެ ސުކޫލުގެ ޕްރިންސިޕަލް ވެސް ފުލުހުންނާއެކު މަގުމަތީގެ އަމަލީ މަސައްކަތުގައި ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު