އާދިއްތަ, November 1
ހައިވޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު ރޭ 21:13 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު