މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. އެގޮތުން، ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ތަފާތު ދާއިރާތަކުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ފުޅާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާއަށް މިހާރު ވަނީ 58 އަހަރު ފުރިފައެވެ.






