Monday, November 2
ނަގިލި ކަނޑައިގެން އޮޔާ ދިޔައީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު
މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއްގެ ނަގިލި ކަނޑައިގެން ގޮސް، މާލޭ ކާނިވާ ސަރަހައްދުގެ ފަރަށް އަރައި، އަދި އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ތަނބުތަކުގައި ޖެހިއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮއްވާ ރޭ 10:00 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފައެވެ. އަދި އެ މީހުން ކަސްޓަމްސްގެ އޮފިޝަލުންނާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ދެ އުޅަނދަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ދެ ބޯޓުކަމަށް ވުމާއެކު، އުޅަނދުތަކާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނީ އެ އިދާރާއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނަމަވެސް މި ބޯޓުތައް ރާއްޖެ އެތެރެވި ދުވަހަކާއި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް އެއްވެސް އިދާރާއަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ބޯޓުތައް ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ކަމާބެހޭ އިދާރާތަކުން އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން، ބްރިޖަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް މިއަދު ހެނދުނު ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު