Monday, November 2
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް ޓުއަ ގައިޑް ލައިސެންސް ހޯދައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ޓުއަ ގައިޑްކަމުގެ އޮފިޝަލް ލައިސެންސް ހޯދައިފިއެވެ. މި ތާރީޚީ ކާމިޔާބީ ހޯދާފައިވަނީ ސ. ފޭދޫ، ކަންމަތީގެ، އައިޝަތު ޝީނާއެވެ. ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝީނާއަށް ލައިސެންސް ހަވާލުކޮށްދެއްވައި، މަރުޙަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީންއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އާސާރީ އަދި ތާރީޚީ ތަންތަން ދައްކައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭނީ ޚާއްޞަ ތަމްރީނު ކޯހެއް ފުރިހަމަކޮށް، އެކަމުގެ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގައި މީގެ ކުރިންވެސް ދިވެހި ޓުއަ ގައިޑުން ހަރަކާތްތެރިވި ނަމަވެސް، އެއީ މުޅިންވެސް ފިރިހެނުންނަށް ވެފައިވާތީ، ޝީނާ ހޯދި މި ކާމިޔާބީއަކީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރި ގޮތުގައި އިޤްތިޞާދީ އަދި ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އިޤްތިޞާދީ ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު