Monday, November 2
ކުޑަކުދިން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ސަރަހައްދީ މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހަކު ބައިވެރިވެއްޖެ

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްގެންދިޔަ "ރީޖަނަލް އެކްސްޕާޓް ވާރކްޝޮޕް އޮން ސްޓްރެންތެނިންގ ޗައިލްޑް-ސެންޓަރޑް ރެސްޕޮންސަސް ޓު ޓްރެފިކިންގ އިން ޕަރސަންސް އިން ސައުތު އޭޝިއާ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މަހުގެ 8 އިން 9 ގެ ނިޔަލަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހިއުމަން ޓްރެފިކިންގ އިންވެސްޓިގޭޝަންގައި މަސައްކަތްކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

ފުލުހުން ބުނީ މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ކުޑަކުދިން ޓްރެފިކްކުރުމުގެ މައްސަލަތައް ހުއްޓުވުމަށާއި އެފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި ވިސްނުން އަދި ގާބިލުކަން އިތުރުކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.

މީގެއިތުރުން، ޓްރެފިކިންގގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންސާފު ލިބުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ނިޒާމުތައް ހަރުދަނާކުރުމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު