Monday, November 2
ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 2، ހިތިގަސް މަގު، ވިނަރެސް 5 ކައިރިން ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 23:05 އެހައިކަންހާއިރު ކަމަށެވެ.

އަދި މި ހާދިސާގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި، ސައިކަލުގެ ފަހަތުގައި ތިބި މީހުންނާއެކު ޖުމްލަ ހަތަރު މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން ހާމަކުރި ގޮތުގައި މީގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު